ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އިމްރާން ކޯވިޑަށް ޕޮސިޓިވްވީ މިދިޔަ ބުދަ ދުވަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑަށް ޕޮސިޓިވްވި ނަމަވެސް މިނިސްޓަރުގެ ހާލުކޮޅު ރަނގަޅެވެ.
މިނިސްޓަރަށް ކޯވިޑް ޖެހުނު އިރު އޭނާ ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރައްވާފައި އެވެ.
އިމްރާންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްވެސް މީގެ ކުރިން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ކޯވިޑަށް ޕޮސިޓިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް