ތަފާތު އެކި ކުޅިވަރުތައް ކުޅުމާއި ދުވަން ދިއުމާއި ޖިމަށް ދިއުމާއި އަވަދިނެތި އެކި ކަންކަމުގައި މަސްއޫލުވެ އުޅުމަކީ އެކަންކަމުގެ ސަބަބުން މީހާ ވަރުބަލިވެ ގިނަ ފަހަރަށް ގައިން ނުބައިވަސް ދުވަން މެދުވެރިވާ ކަންކަމެވެ. އަދި ގިނަ ފަހަރަށް މިފަދަ ހާލަތްތަކުގައި ކޮންމެ ކޮންމެ ބޮޑީ ސްޕްރޭއެއް "ވޯކެއް" ނުކުރެ އެވެ. ސަބަބަކަށްވަނީ އެފަދަ ބޮޑީ ސްޕްރޭތަކަކައީ އެފަދަ ހާލަތުތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބޮޑީ ސްޕްރޭއަށް ނުވުމެވެ.
ނަމަވެސް ސެންޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ އައިއެފްއައި އިން އުފައްދާފައިވާ ހޮޓް އައިސް ސްޕޯޓް އަކީ އެފަދަ ހާލަތުތަކަކަށާއި ކުޅިވަރު ކުޅޭ، އަދި ހަލަބޮލި މާހައުލުތަކުގައި ވަގުތުތައް ހޭދަކުރައްވާ ފަރާތްތަކަށް ހާއްސަ އަދި ތަފާތު ބޮޑީ ސްޕްރޭ އެކެވެ.
https://youtu.be/VW0YfB9_T2Q
ހޮޓް އައިސް މި ބްރޭންޑަކީވެސް ދިވެހީންގެ މެދުގައި އެހާމެ މަގްބޫލު ބްރޭންޑަކަށް ވެފައިވާއިރު މި ބްރޭންޑްގެ ސްޕޯޓް ބޮޑީ ސްޕްރޭ މިހާރު ރާއްޖެއަށް މިވަނީ ތައާރަފް ކޮށްފަ އެވެ. ޕޮއިޒްއިން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފްކުރި މި ބޮޑީ ސްޕްރޭއާއި ބެހޭގޮތުން ޕޮއިޒްގެ ސީނިއާ މާކެޓިން މެނޭޖަރ އަބްދުﷲ ހުޝާމް ވިދާޅުވީ ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭއަކީ ކުޅިވަރުގެ މާހައުލުތަކަށް ހާއްސަ، "ފްރެގްނެންސް ހައި" ކުޅިވަރާއި ގުޅޭ ޝިއާރުތައް ބޭނުންކޮށްފައިވާ އަދި ހުރިހާ އުމުރަކަށްވެސް އެކަށޭނެ ބޮޑީ ސްޕްރޭއެއް ކަމަށެވެ.
"މިސާލަކަށް ދަންނަވަނީނަމަ ތަފާތު އެކި ކުޅިވަރުތައް ކުޅުއްވާ ފަރާތްތައް، ޖިމަށް ދާ ފަރާތްތަކާއި ދުވަން އަދި ހިނގަންދާ ފަރާތައް، އަދި ސްކޫލްތަކުގެ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށްވެސް މި ބޮޑީ ސްޕްރޭއަކީ އެންމެ އެކަށޭނެ ބޮޑީ ސްޕްރޭއެއް" ޕޮއިޒް އިން ހާމަކުރެ އެވެ.
ޕޮއިޒްއިން މައުލޫމާތުދޭގޮތުގައި މި ބޮޑީ ސްޕްރޭގެ އަށް ފްލޭވާއެއް ހިމެނޭ ކަމަށާއި ބާޒާރުގައި އެހެނިހެން ބޮޑީ ސްޕްރޭވެސް ލިބޭ ހެޔޮ އަގުގައި މި ތަފާތު ބޮޑީ ސްޕްރޭވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކުންވެސް މިހާރު މި ބޮޑީ ސްޕްރޭ ލިބެން ހުންނާނޭ ކަމުގައިވެސް ހުޝާމް ވިދާޅުވި އެވެ.
https://youtu.be/fXOcSI60Vx4
ރާއްޖޭގެ ބާޒާރަށް މި ހާއްސަ ބޮޑީ ސްޕްރޭ އާއްމުކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަނީ ޕޮއިޒް ފިހާރައިންނެވެ. "މީރުވަސް އެންމެނަށް" މި ޝިއާރުގެ ދަށުން ހިންގަމުން އަންނަ ޕޮއިޒްއިން ވަނީ ދިވެހި މާކެޓަށް ތަފާތު އެކި މީރުވަސް ތައާރަފް ކޮށްފަ އެވެ. އެގޮތުން އައިއެފްއައި ބްރޭންޑަށް އެކަނި ނަޒަރު ހިންގާލިނަމަވެސް ހޮޓް އައިސް، އަޒްކާ، ރޭންޖާރސް ފަދަ ބޮޑީ ސްޕްރޭތައް ޕޮއިޒް އިން ވަނީ ދިވެހީންނަށް ތައާރަފް ކޮށްފަ އެވެ.
ތަފާތު އެކި މީރުވަސް ދިވެހިންނަށް ތައާރަފް ކުރަމުން އަންނަ ޕޮއިޒްއިން އަންނަނީ ކައިރި މުސްތަގްބަލެއްގައި ގޭސް ފްރީ ފްރެގްނެންސް އެއް ދިވެހީންނަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް