ގަތަރު ރައްޔިތުން މިއަހަރު ހައްޖަށްދިއުން ކެންސަލް ވީތަ ؟

ގަތަރުގައި މި އަހަރަށް ހައްޖު ރަޖިސްޓްރޭޝަން ބަންދު ކުރުމާއިއެކު މި އަހަރު ގަތަރު ރައްޔިތުން ހައްޖަށް ދިއުމާއިމެދު ސުވާލު އުފެދިއްޖެ އެވެ. އެގައުމުގެ މިނިސްޓްރީ އޮފް އެންޑޯސްމެންޓް އެންޑް އިސްލާމިކް އ...

30 Jul 2017 | 03:20

ގަތަރުގައި މި އަހަރަށް ހައްޖު ރަޖިސްޓްރޭޝަން ބަންދު ކުރުމާއިއެކު މި އަހަރު ގަތަރު ރައްޔިތުން ހައްޖަށް ދިއުމާއިމެދު ސުވާލު އުފެދިއްޖެ އެވެ.

އެގައުމުގެ މިނިސްޓްރީ އޮފް އެންޑޯސްމެންޓް އެންޑް އިސްލާމިކް އެފެއާޒުން، ހައްޖު ރަޖިސްޓްރީއަށް އާއްމުކޮށްފައިވާ ވެބްސައިޓްގައި ބުނެފައިވަނީ ހައްޖު ރަޖިސްޓްރޭޝަން ބަންދުވެފައިވާކަމަށެވެ.

ގަތަރު ރައްޔިތުން ހައްޖަށް ދިއުމާއިމެދު ސުވާލު އުފެދިފައިމިވަނީ ގަތަރު ރައްޔިތުން ހައްޖަށް ދިއުމާއިމެދު ސައުދީން އެންގުމެއް އަންގާފައިވަނިކޮށެވެ.

ސައުދީން އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ ގަތަރުގެ ކޮންމެ ރައްޔިތަކަށް ހައްޖަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެން ނަމަވެސް ދަތުރު ކުރާންވާނީ ގަތަރު އެއަރލައިން ފިޔަވައި އެހެން އެއަރލައިންތަކުން ކަމަށެވެ. އަދި މައްކާއަށް ދިއުމަށް ފުރާންވާނީ ދޯހާ ނޫން މަންޒިލަކުން ކަމަށެވެ.

ސައުދީން މި ނިންމުން މިގޮތަށް އަންގާފައިވާއިރު ބައެއް މީޑިއާތަކުން ބުނެފައިވަނީ ގަތަރު ރައްޔިތުން ހައްޖަށް ދިއުން ސައުދީން މަނާ ކުރީ ކަމަށެވެ. ނަމަވެސް ސައުދީން ބުނެފައިވަނީ އެ ނިންމުމާއި އެއްގޮތަށް ގަތަރު ރައްޔިތުންނަށް ހައްޖަށް ދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް