ރޭ ދަންވަރު މީހެއްގެ ބޮލަށާއި ނިތްކުރިއަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހަކަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދީފައިވާކަމަށް ހަބަރު ފެތުރިފައިވާއިރު އެއީ އެގޮތަށް ހިނގި ކަމެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެއީ ފޭރުމަކާއެކު ހިނގި މާރާމާރީއެއް ކަމަށެވެ.
"ވީ ގޮތަކީ ތަޅައިގަނެ މާރާމާރީ ހިންގާ ފޯނު ފެރިގަތީ، މަގުމަތިން ބަޔަކު ހިންގި ކަމެއް އެއީ، މައްޗަށްގޮޅި ސަހަރާ ކައިރިން ފޯނު ފޭރިގަތީ، އެތަނުން ދުވެފައިގޮތް މާވެޔޮމަގުގަ އެމީހާ ވެއްޓިފައި އޮތީ" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
ރޭގަ ހިންގި މި މާރާމާރީއާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ބުނީ އެމީހާގެ ބޮލުން ލޭ އައިސްފައިވާކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީގައި ކަމަށެވެ. ވަޅިން ހަމަލާދީފައިވާކަމަށް ހަބަރުގައި ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އެ ކުށަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް