މާލޭގައި ޒުވާނެއްގެ ފޯނު ފޭރިގަނެ މާރާމާރީ ހިންގައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ 12:30 ހާއިރުގަ އެވެ. މާވެޔޮ މަގުގައި ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި މީހެއްގެ ބޮލުން ލޭ އައިސްފައި ހުރި ކަމަށް ވެ އެވެ.
ޒަހަމްތަކަކާއެކު އެމީހާ މާވެޔޮ މަގަށް ވެއްޓިފައި އޮއްވާ ފެނުމުން، ފުލުހުންގެ އެހީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު މިކަމުގައި ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ރޭ މިކަން ހިނގާފައިވާއިރު މި ފަހަކަށް އައިސް މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުން މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ނިމިދިޔަ އަންގާރަ ދުވަހު އެކަނިވެސް މާލޭގެ ދެ ސަރަހައްދެއްގައި މި ފަދަ ދެ ކަމެއް ހިނގާފައި ވެ އެވެ. ބުރާސްފަތި ދުވަހު ވަޅިން ހަމަލާދިނުމުން ހާލު ގޯސްވި ޒުވާނަކަށް އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް