16 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ގދ. ގައްދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ގައްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އަދި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނި މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް