ރާއްޖޭގެ މާކެޓިން ތާރީޚުގައިވެސް އެ އިސްތިހާރެއް އެތައް ދަހަރެއް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވާ އެއް އިސްތިހާރަކީ ސޮނީ ހާޑްވެއާގެ "މީ ސޮނީ ހާޑްވެއާއޭ" މި ލަވަ ހިމެނޭ އިސްތިހާރެވެ.
ދިވެހިންގެ ސިކުނޑިން ފޮހެ ނުލެވުނު އެ އިސްތިހާރީ ލަވައިގެ އާ ވާސަނެއް އިއްޔެ ސޮނީ ހާޑްވެއާއިން މިވަނީ އެ އިސްތިހާރީ ލަވައިގެ ޒަމާންވީ ފޭނުންނަށް ދޫކޮށްލާފައެވެ.
އިއްޔެ ހަވީރު 5:32ގައި ދޫކޮށްލި އެ އިސްތިހާރާއެކު ސޮނީ ހާޑްވެއާއިން ބުނެފައިވަނީ "ދިވެހި ރައްޔިތުން އެއްތަންކޮށްލި ލަވަ އަލުން އަނބުރާ މިއޮތީ އައިސްފައި" ކަމަށެވެ.
އާ އިސްތިހާރުގައިވެސް އުޅެނީ އިސްތިހާރުގައި އުޅޭ އަލީ ޝަމީލް ފެނުނު ނަމަވެސް ފެންނަނީ ސައިޑް ރޯލަކުންނެވެ. ޝަމީލްގެ އައިކޯނިކް އެކްޓްތައް ޖައްސާފައިވަނީ ލުފްޝާން ޝަކީބް (ލޫއްޕެ) އެވެ. ހަމަ އެ ލަވައެވެ. އެހެނަސް ލަވައިގެ ރާގު ވަނީ ޒަމާނީ ކޮށްލާފައި ކަމަށް ބެލެވެއެވެ. މިހާރު ލަވައިގެ މިއުޒިކް އެވަނީ "ރެގޭ" ޖޯންރާއަށް ފައްތައިލާފައެވެ.
އެހެނަސް ސޮނީ ހާޑްވެއާގެ "އައިކޯނިކް" އިސްތިހާރުގެ އެ ލަވައިގެ އާ ވާޝަން ޒަމާންވީ ފޭނުންނަށް ހަމަ އެއްގޮތަކަށް ކަމަކު ނުދިޔައެވެ.
"ޖުލައި މަހުގެ ސެލަރީ އަތުލާފަ ނަމަވެސް ތި އިސްތިހާރު ނަގާދީ" އިސްތިހާރަށް އިންތިހާއަށް ފާޑު ކިޔަމުން އެކަކު ބުނެފައިވެއެވެ.
24 ގަޑިއިރުވެސް ނުވަނީސް އެ ވީޑިއޯއަށް ލައްކައަކަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު މިހާރުވެސް 200އެއްހާ ކޮމެންޓް އަދި 300އެއްހާ ޝެއަރ ލިބިފައިވެއެވެ.
"ހޮޑު އިމޯޖީ" އިންތިހާއަށް ގިނަ ކޮމެންޓް ސެކްޝަނުން އާ އިސްތިހާރު ކަމުދިޔަ އެކަކުވެސް ފެންނަން ނެތްފަދައެވެ. އެންމެންވެސް ބުނަނީ މުޅި ލަވަ "ޚަރާބު" ކޮށްލައިފި ކަމަށެވެ. އެއް ބަޔަކު "އަންލައިކް" ބަޓަން ހޯދާއިރު އަނެއް ބަޔަކު ބުނަނީ އާ އިސްތިހާރަކީ ކުރީގެ އިސްތިހާރުގެ "ޓެމޫ" ވާޝަން ކަމަށެވެ.
https://www.youtube.com/watch?v=lUgd0jFQwvs
ކޮންމެއަކަސް ޒަމާންވީ އައިކޯނިކް އެ އިސްތިހާރަށް ސޮނީ ހާޑްވެއާގެ އެ އިސްތިހާރުގެ ޒަމާންވީ ފޭނުން އެވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް