މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިކަމަށް ދިމާވެފައިވާ އަގާއި ފައިސާ ނުލިބުމުގެ މައްސަލައެއް ބޮޑު ހައްލެއް ގެނައުމަށް މިފްކޯއިން މަސް ގަންނަ ކޮންމެ ހަފްތާއަކު އަގު ބާޒާރުގެ އަގަށް ބަދަލުކުރަން ނިންމައި ފުރަތަމަ ހަފްތާގައި މަސް ގަންނާނެ އަގުތައް އިއުލާނުކޮށްފިއެވެ.
އެގޮތުން:-
1.5 ކިލޯއިން މަތި
- އައިސްމަސް، ކަނޑުމަހާއި ކަންނެލި – 16 ރުފިޔާ
- ނޯމަލް މަސް (އައިސް ނާޅާ) ކަނޑުމަޙާއި ކަންނެލި – 14 ރުފިޔާ
1.5 ކިލޯއިން ދަށް
- އައިސް މަސް، ކަނޑުމަހާއި ކަންނެލި – ހަތް ރުފިޔާ
- ނޯމަލް މަސް (އައިސް ނާޅާ) ކަނޑުމަހާއި ކަންނެލި – ފަސް ރުފިޔާ
މިފްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އެކެއް ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށާއި މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެކަމަށެވެ.
https://dhuvas.mv/261564
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް