މެމްބަރުންނަަށް މުލިއާގެއިން ބައިލައްކަ ދޭ ވާހަކައަކީ ބުހުތާނު ދޮގު: ހީނާ ވަލީދު

ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން ބައިލައްކަ ރުފިޔާ ދޭ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު ދައްކާ ވާހަކައަކީ ރޯ ބުހުތާނު ދޮގު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ޙީނާ ވަލީދު ވިދާޅުވެއްޖެއެވ...

30 Jun 2024 | 09:07

ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން ބައިލައްކަ ރުފިޔާ ދޭ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު ދައްކާ ވާހަކައަކީ ރޯ ބުހުތާނު ދޮގު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ޙީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ފައްޔާޒު ވަނީ މަޖިލިސް މެމްބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ފަރާތުން މެމްބަރުންނަށް ކޮންމެ މަހަކު ވެސް ފައިސާ ދޭ ކަމަށް ބުނެ ވަނީ ތުހުމަތު ތަކެއް ކޮށްފައެވެ.

އެހެން ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އެ ވާހަކަ ތަކަކީ ހަގީގަތެއްނެތް ދޮގު ވާހަކަ ތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް