އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި މަސްވެރިޔާ ސާޖިދު ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި މަސްވެރިޔާ އަދި އެކްޓިވިސްޓް އަލީ ސާޖިދު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ގއ....

30 Jun 2024 | 05:52

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި މަސްވެރިޔާ އަދި އެކްޓިވިސްޓް އަލީ ސާޖިދު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީއެއް ހިންގި މައްސަލަ ރޭ ދަންވަރު ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

"މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އަލީ ސާޖިދެވެ.

ސާޖިދު ހައްޔަރުކޮށްފައިވާއިރު ވިލިނގިލީގައި އަންހެން ދަރިވަރަކަށް ބެލެނިވެރިންތަކެއް ހިމެނޭހެން ގަނާކުރާ މައްސަލައެއްގެ ކަންބޮޑުވުން ސާޖިދުވަނީ މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސާޖިދު ގާބުރިއަކުން ޖެހިކަމަށްބުނަނީ އެ ތުހުމަތުކުރާ އަންހެނެއްގެ ބޮލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް