ގެއްލިގެން ހޯދި ދިވެހި ހައްޖުވެރިޔާ ނިޔާވެއްޖެ

ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި ހައްޖުވެރިޔާ ނިޔާވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުރްޝިދު ދުވަހަށް ދެންމެ ވިދާޅުވީ ގެއްލިގެން...

30 Jun 2023 | 03:34

ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި ހައްޖުވެރިޔާ ނިޔާވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުރްޝިދު ދުވަހަށް ދެންމެ ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ނަސީމް ނިޔާވެފައިވާކަމުގައި ދަންނަވާކަމަށެވެ.

އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް ނިސްބަތްވަނީ ރ. މާކުރަތަށެވެ. އޭނާ ހައްޖަށް ދިޔައި އަލް ހަރަމައިން ގްރޫޕްގެ ހަވާލުގައެވެ.

" އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ (72) ނިޔާވެފައިވާ ކަމުގައި ދަންނަވަމެވެ.

މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވަމެވެ.

މަރުޙޫމު މުޙައްމަދު ނަސީމު ޢަލީ ވަނީ ޙައްޖު މަހުގެ 8 ވަނަ ދުވަހުގެރޭ މިނާ ޓެންޓުން ނިކުންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލިފައެވެ. މުޙައްމަދު ނަސީމް ޢަލީ ހޯދުމަށް ދިވެހި ޙައްޖު މިޝަނާއި، ސަޢުދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، އަލްޙަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ." އިސްލާމިކް މިނިސްޓްރީން ދުވަހަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް