މެންޗެސްޓަރ ޔުނައިޓެޑުން ބޭނުންވަނީ އަންނަ ސީޒަން ނިމެން ދެން ރޮނާލްޑޯ ކުލަބުގައި މަޑުކޮށް ދިނުމަށެވެ. ކުލަބުގެ އާދޭހަކީވެސް އެއީ އެވެ. މީގެ ކުރިން ޔުނައިޓެޑުން ރޮނާލްޑޯ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށް ގަބޫލު ނުކުރާ މޭރުމަކުން ވާހަކަ ދައްކާފައިވީ ނަމަވެސް ފަހުން އެ ކުލަބުން ބުނެފައިވަނީ ރޮނާލްޑޯ އަކީ ކުލަބުން ވިއްކަން ބޭނުންވާ ކުޅުންތެރުއެއް ނޫންކަމަށެވެ. އަދި އެއްވެސް ކުލަބަކާއި އެކު ރޮނާލްޑޯ ގެ ޓްރާންސްފާ އާއި ގުޅޭ ގޮތުން މަޝްވަރާނުކުރުމަށް ވެސް ޔުނައިޓެޑުން ވަނީ ނިންމާފައެވެ.
ގިނަ ހިންހަމަ ނުޖެހުން ތަކަކާއި ހުރެ ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ޔުނައިޓެޑުން ބުނެފައިވަނީ މީޑިއާގައި ވާހަތައް ދެކެވުނު ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަަމަށެވެ.
ރޮނާލްޑޯ ކުލަބު ދޫކޮށްލުމާއި ގުޅޭގޮތުން ރޮނާލްޑޯ އާއިި އެއް ކުލަބަކަށް ކުޅެމުން އަންނަ އަދި ރޮނާލްޑޯއާއި ވަރަށް ގާތްކަމެއް އޮންނަ ބުރޫނޯ ފެނާންޑޭސް ވެސް ވަނީ ވާހަކަ ދައްކާފައެވެ. ފެނާންޑޭސް ބުނި ގޮތުގައި ރޮނާލްޑޯ އަކީ ޔުނައިޓެޑުގެ ފޯވާޑް ލައިނުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ ކުލަބު ދޫކޮށް ދިއުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ. އަދި ކުލަބުންވެސް ކުލަބުގެ ކުޅުންތެރިން ވެސް އެންމެ ބޮޑަށް ބޭނުންވަނީ ރޮނާލްޑޯ ކުލަބުގައި މަޑުކުރުމަށް ކަމަށް ފެނާންޑޭސް ވަނީ ބުނެފައެވެ.
" އަހަރެމެން އެންމެން ވެސް އެދެނީ އަންނަ ސީޒަން ނިމެންދެން ރޮނާލްޑޯ ކުލަބުގައި މަޑުކޮސް ދިނުމަށް. ރޮނާލްޑޯ ދޫކޮށްލަން ކުލަބުން ވެސް ދެކޮޅު. އުންމީދަކީ އަންނަ ސީޒަނުގައިވެސް ރޮނާލްޑޯ ޔުނައިޓެޑަށް ކުޅޭތަން ފެނުން." ފެނާންޑޭސް ބުނެފައިވެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ސީޒަނުގައި މެންޗެސްޓާގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް އެ ކްލަބަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފަ އެވެ. ރޮނާލްޑޯ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ދަބަލުކޮށް ނުލެވުނުއިރު، ޔުނައިޓަށް ލީގު ނިންމާލަން ޖެހުނީ ހަވަނާގައި އޮވެއެވެ. އެހެން ކަމުން އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ފުރުސަތު ގެއްލިފައެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ވިސްނާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމެވެ.
މިހާތަނަށް ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަމަ އެކަނި ކުލަބަކީ އިޓަލީގެ ރޯމާ ކަމަށް ރިޕޯޓުތައް ބުނާއިރު، ރޯމާ އަކީ ވެސް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބެއް ނޫނެވެ. އެހެން ކަމުން ރޮނާލްޑޯ ރޯމާއަށް ބަދަލުވުމަކީ ވެސް ވުމައްވުރެ ނުވުން ގާތް ކަމެކެވެ.
ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލު ކާމިޔާބު ކޮށްދީފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް