ކުޑަގިރި ޕިކްނިކް އައިލެންޑްގައި ގަސް އިންދުމުގެ ޕްރޮގްރާމަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

ޕިކްނިކް އައިލެންޑްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމަށް އުރީދޫ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން އިއްޔ...

30 Jun 2022 | 15:18

ޕިކްނިކް އައިލެންޑްގެ ގޮތުގައި ތައްޔާރުކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑްގައި ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމަށް އުރީދޫ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެގޮތުން އިއްޔެ ޕިކްނިކް އައިެންޑްގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ނައިބުރައީސް ފައިސަލް ނަސީމާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލްހަމަދީ އާއި އުރީދޫ މޯލްޑިވްސްގެ ސީސީއޯ ހުސެއިން ނިޔާޒާއި އުރީދޫ މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.

އުރީދޫ މޯލްޑިވްސް އިން އަބަދުވެސް އަންނަނީ އިޖްތިމާއީ ކަންކަމުގައްޔާއި ދިވެހި ރައްޔިތުންނަށް ފައިދާކުރާ މިފަދަ ކަންކަމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި އުރީދޫއިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހެލްތު ސެންޓަރުތަަކަަށް ހެލްތު ކިޓްތައް ހަދިޔާކޮށްފައިވެއެވެެ. މިދިޔަ ރޯދަމަހު ކަނޑޫދޫ ރައްޔިތުންނަށް ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ލޯންޗުކޮށްދީފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ރަންޔޫބީލް ރާއްޖެއިން ފާހަގަކުރަމުން އަންނައިރު އޯކަ މީޑިއާއާއި ގުޅިގެން އުރީދޫއިން އަންނަނީ "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތަށް އުރީދޫ މޯލްޑިވްސް އިން ތިން ސީ އެމްބިއުލާންސްވެސް ހަދިޔާކޮށްފައިވެއެވެ.

ޕިކްނިކް އައިލެެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކުރަމުން އަންނަނީ އެމްޓީސީސީއިންނެވެ.

އަންނަ މަހު ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނައިރު އެތަނަށްދާ މީހުންނަށް ފެންވެރޭނެ ގޮތް ހެދުމަށް ފާހާނާ އާއި ކޮޓަރި އަދި މިސްކިތް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް