ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ ހިމެނޭހެން އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިމިވަނީ އެ ބިލު އެގޮތަށް ފާސްނުކުރުމަށް ގޮވާލައި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޢުނީ ހުށަހަޅުއްވާފައިވާ ބިލު ފާސްކުރަން ފެންނަކަމަށް 50 މެމްބަރަކު ވޯޓު ދެއްވިއެވެ. ފާސްކުރަން ނުފެންނަކަމަށް ފަސް މެންބަރަކު ވޯޓުދެއްވިއިރު ވަކިގޮތަަކަށް ވޯޓުދެއްވަން ބޭނުން ނުވާކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.
ނޫސްވެރިންގެ ޝަކުވާތައް ބޮލާލައި ޖަހާ މި ބިލު ފާސްކޮށްފައިވާއިރު ބިލުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، ނޫސްވެރިން ލިޔާ ހަބަރުތަަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް