"ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސް އަށް ހަދިޔާ ކުރައްވައިފި

"ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރައްވައިފިއެވެ. މިފޮތަކީ މުޙައްމަދު އިސްމާޢީލު ފުޅު ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތް ރައީސު...

30 Jun 2022 | 09:36

"ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރައްވައިފިއެވެ.

މިފޮތަކީ މުޙައްމަދު އިސްމާޢީލު ފުޅު ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިފޮތުގެ މުޞައްނިފާ ބައްދަލުކުރައްވައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތަކީ ނައިފަރާ އަދި ރާއްޖޭގެ އެހެން ރަށްރަށާވެސް ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ވަރަށް ބޭނުންތެރި ފޮތެއްކަން ފާހަގަކުރައްވައި މި ފޮތުގެ މުޞައްނިފަށް ހިތްވަރުދެއްވާފައެވެ.

މުޙައްމަދު އިސްމާޢީލު ފުޅު ލިޔުއްވާފައިވާ "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" މި ފޮތުގައި ނައިފަރާއި އަދި ރަށްފުށުގައި ދިވެހިންގެ ތެރޭގައި ކުރީގައި ހުރި ބައެއް އާދަކާދަތަކަށް ބަލާލާފައިވެއެވެ. އަދި ބައެއް އާދަކާދަތައް ފެށިގެން އައި ގޮތާއި އެކަންކަން ފަހުން ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް ވެސް މި ފޮތުގައި އަލިއަޅުވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް