ރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ ތެލުގެ ރިޒާވްގެ މައުލޫމާތު އެނގިގެން ނޫނީ މަޖިލީސް ރައީސްކަމުގައި ނުހުންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ ތެލުގެ ރިޒާވްގެ މައުލޫމާތު އެނގިގެން ނޫނީ މަޖިލީސް ރައީސްކަމުގައި ނުހުންނަވާނެކަމަށް ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއް...

30 Jun 2022 | 09:27

ރާއްޖެއާއި އަވަށްޓެރި ގައުމުތަކުގެ ތެލުގެ ރިޒާވްގެ މައުލޫމާތު އެނގިގެން ނޫނީ މަޖިލީސް ރައީސްކަމުގައި ނުހުންނަވާނެކަމަށް ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ބޭނުންކުރެވެން ހުރި ރިޒާވާއި ދިވެހިރާއްޖޭގެ ގްރޮސް ރިޒާވާއި ދިވެހިރާއްޖޭގައި ދަރަނި އަދާކުރާނެ ގާބިލުކަން ހުރި މިންވަރު ވަޒީރު ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށެވެ.

"ދިވެހީންނަށް ކާޑު ލިބޭނެތޯއާއި ނުލިބޭނެތޯ އެއީ އެއްގޮތަކަށް ވެސް ދެކިވަޑައިނުގަންނަވާތީ ވަޒީރު ބޭފުޅެއްގެ އަތް މައްޗަށް ނުވަތަ އެހެން ބޭފުޅެއްގެ އަތް މައްޗަށް ދޫކޮށްލައި ލޯމަރާލައިގެން ހުންނާނެ ބާވަތުގެ ކަމެއްނޫން." ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ އަރިސް ބޭފުޅުންނާއި ސަރުކާރުގެ ފަރާތްތައް ނުރުހުނަސް، ރާއްޖޭގެ ދަރަންޏާއި ރިޒާވާ ގުޅޭ ގޮތުން ފެންނަ ޚިޔާލު އަބަދުވެސް ހިއްސާކުރަމުން ގެންދަވާނެ ކަމަށެވެ.

މާދަމާ ފެށޭ ޖުލައި މަސް ނިމެންވާއިރަށް ރާއްޖޭގެ ރިޒާވްގައި ތެޔޮ ގަންނާނެ ފައިސާ ނުހުންނާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ފަސް މަހުގެ އަސާސީ ޚިދުމަތްތަަކަށް ބޭނުންކުރެވޭ ވަރަށް ރިޒާވްގައި ފައިސާ އެބަހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް