ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވައިފި

އދ. ދިއްދޫ، ބާދުޞަބާ / ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ. ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހު...

30 Jun 2022 | 08:39

އދ. ދިއްދޫ، ބާދުޞަބާ / ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" ގެ ނަމުގައި ލިޔުއްވާފައިވާ މި ދެފޮތް ހަދިޔާ ކުރައްވާފައިވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކުރީގެ ބައެއް އާދަކާދަ 1" މިފޮތުގައި އދ. ދިއްދޫގައި މީހުން އާބާދުވިގޮތާއި، އެ ހިސާބުގަނޑުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ސަތޭކައެއްހާ އަހަރުކުރިން ހުރި ގޮތް ބަޔާންކޮށްދީފައިވެއެވެ.

"ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" މި ފޮތަކީ އދ. ދިއްދޫއާ ބެހޭގޮތުން ޢާންމު މަޢުލޫމާތު ހޯދުމަށް ކުރަން ބޭނުންވާ ސުވާލުތަކާއި، ރަށުގެ ވަނަވަރާއި، އެރަށުގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުންގެ ފަރާތުން ސާފުކޮށްލަން ބޭނުންވާ މަޢުލޫމާތު ހިމެނޭ ފޮތެކެވެ.

މި ދެ ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ފޮތުގެ މުޞައްނިފު ޢަބްދުލްއަޒީޒް އިބްރާހީމަށް ޝުކުރުދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މިފޮތްތައް ލިޔުމުގެ ޚިޔާލު އުފެދުނުގޮތާއި، މި ދެ ފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތްތަކަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއްކަމަށް އުންމީދުކުރައްވާ ކަމަށާއި މިފަދަ މަސައްކަތްތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތަރުޙީބުދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ވަނީ މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް