ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މަންމާފުޅު އަވަހާރަވެއްޖެއެވެ. ގަލޮޅު ނޫމަރާގޭ ރަޙީމާ މޫސާ ދީދީ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު ކަމަށް ވ...

30 Jun 2022 | 08:02

ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.

ގަލޮޅު ނޫމަރާގޭ ރަޙީމާ މޫސާ ދީދީ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ޢުމުރުން 77 އަހަރުގައި އަވަހާރަވި އިރު، އަންނަނީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ތާރިގގެ މިނިސްޓަރުކަމުގައި ވަނީ ތިމާވެށީގެ ދާއިރާއިން މުހިންމު ސިޔާސަތުތަކެއް ތަންފީޒު ކުރައްވާފައެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓުގައި ރާއްޖެއިން ވަކާލާތުކޮށްގެން ހިމެނި ސިޔާސަތުތައް ފާހަގަކޮށްލެވެއެވެ. އެކަމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް އުޅުއްވީ ވެސް މިނިސްޓަރ ޠާރިޤެވެ.

ރައީސް ޔާމީންގެ ވެރިކަމަށްފަހު ވެސް ޠާރިޤް ބޮޑަށް އުޅުއްވަނީ  ތިމާވެށީގެ ދާއިރާގައި އަމިއްލަ މަސައްކަތްކުރެއްވުމުގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް