ސަމާލުވޭ: ކުރިއަށް އޮތް ތިން ދުވަހު މޫސުން ވަރަށް ގޯސް، ކަނޑުތައްވެސް ގަދަ

ހަފްތާ ބަންދު ހިމެނޭހެން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ އިތުރަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. އެގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން...

30 Jun 2022 | 07:43

ހަފްތާ ބަންދު ހިމެނޭހެން ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެތީ އިތުރަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

" އަދި މިރެއިން ފެށިގެން ހަފްތާ ބަންދާއެކު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި، އާއްމުވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެެއެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ." މެޓުން ބުނެފައިވެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމީ މައުލޫމާތަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވެލެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.

މޫސުމަށް އިތުރަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވާއިރު ރޭގައި އެކަނިވެސް ކަނޑުމަތީގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް