ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް "ޓްރީ ޓޮޕް ހޮސްޕިޓަލް ނާރސިންގ ސްކޮލަރޝިޕް" އުފައްދައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ސްކޮލަރޝިޕްގެ ދަށުން ދިވެހި ހަތް ޒުވާން ނަރުހުން މިހާރު ވެސް މުޅިން ހިލޭ ކިޔަވަމުން ދާ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުން ކަމަށާއި ނަރުހުންނަކީ ސިއްހީ ޚިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމާއެކު ނަރުހުންގެ ޚިދުމަތް އަދި ޚާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓަރޑް ނަރުހުންގެ އަދި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ތައުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ވަނީ ފާހަގަކޮށްފައެވެ.
ނަރުހުންނަކީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއްފަރާތް ކަމަށާއި އެހެންކަމުން، ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަން ފާހަގަކޮށް، ނަރުހުންގެ ދާއިރާއިން ޚާއްސަ ސްކޯލަރޝިޕްތަކެއް، ޑިޕްލޮމާ އަދި އަންޑަރ ގްރެޖުއެރޓް ޑިގްރީގެ ގޮތުގައި ވިލާ ކޮލެޖާ ގުޅިގެން ހުޅުވާލުމަށްހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ. މި ސްކޮލަރޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހުވެގެންދާނެ ފުރުސަތެއް ކަމުގައި އެ ހޮސްޕިޓަލުން ދެކެއެވެ.
ސްޕޮންސަރޝިޕް ތަފްސީލް:
- ބީއެސްސީ (އޮނާސް) ނަރސިންގް (އިންޓަރނޭޝަނަލް) ޓޮޕް-އަޕް،
ސެޕްޓެމްބަރ 2022 އިންޓޭކް (2 ޖާގަ)
- ޑިޕްލޮމާ އިން ނާރސިންގް (3 އަހަރު)
ސެޕްޓެމްބަރ 2022 އިންޓޭކް (5 ޖާގަ)
ޝަރުތު:
އިޙްތިޔާރްކުރައްވާ ކޯހަށްއެދޭ ފަރާތަކީ؛
ހ. ދިވެހި ރައްޔިތެއް ކަމުގައި ވުން
ށ. ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރެއްވުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ބީ.އެސް.ސީ ނަރސިންގް (2 އަހަރު)
- ޑިޕްލޮމާ އިން ނަރސިންގް (3 އަހަރު)
ނ. އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކޯހަށް ހުށަހެޅިދާނެއެވެ.
ރ. ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލްޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ.
ޕްރޮގްރާމްގެ ބައިވެރިވުމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ނުވަތަ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން، 19 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 1700 ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. އެޓެސްޓްކުރި ތައިލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް
ށ. އެޓެސްޓްކުރި ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ނ. ޕާސްޕޯޓް ސައިޒް ފޮޓޯ
ރ. ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމް
ބ. ކޯހަށް ހޮވުނުކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީ
ޅ. ޕޮލިސްރިޕޯޓް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް