މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ އަލީ ދެއްކެވީ ހަގީގަތެއް ނެތް ވާހަކައެއްކަމުގައި އެ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ ކައުންސިލްގެ އިއްޔެގެ ޖަލްސާގައި މޭޔަރު އިޝާރާތްކުރެއްވީ އަންގާރަ ދުވަހު ވިލިމާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ކައުންސިލުން އެއްބާރުލުން ނުދިންކަމަށްބުނެ ނަހުލާ ލިޔުނު ވާހަކައާއ ގުޅުވައެވެ.
އެކަމާއި ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގައި މޭޔަރު ވިދާޅުވީ ނަހުލާ ދައްކާފައިވަނީ ހަގީގަތެއް ނެތް ވާހަކައެއްކަމަށާއި އެކަމުގެ ސަބަބުން މޭޔަރާއި ކައުންސިލްގެ އަގުވެސް ވެއްޓިފައިވާކަމަށެވެ.
މޭޔަރު ވިދާޅުވީ ކައުންސިލުން ވިލިމާލެއަށް އިހުމާލު ނުވާނެ ކަމަށެވެ. އަދި މިއަދާއި ހަމަޔަށްވެސް ވާނީ ކައުންސިލުން ވިލިމާލެއަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. އަދި އެއްވެސް ކައުންސިލަރަކު ނިސްބަތްވާ ދާއިރާއެއްގެ އަގު ވެއްޓޭގޮތަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް