އިތުރު 175 ހައްޖުވެރިން މައްކާއަށް ފުރައިފި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ހައްޖަށް ދާ ދިވެހި ހައްޖުވެރިންގެ ތެރެއިން ދެވަނަ ގްރޫޕު ރޭގައި ފުރައިފިއެވެ. ސައުދީ އެއާލައިނުން ރޭ 11:30 ފުރީ 175 ހަޖީންނެވެ. މި ގްރޫޕަށ...

30 Jun 2022 | 04:25

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ހައްޖަށް ދާ ދިވެހި ހައްޖުވެރިންގެ ތެރެއިން ދެވަނަ ގްރޫޕު ރޭގައި ފުރައިފިއެވެ.

ސައުދީ އެއާލައިނުން ރޭ 11:30 ފުރީ 175 ހަޖީންނެވެ. މި ގްރޫޕަށް ރޭ ފަތިހު 4:15 ޖިއްދާއަށް ދެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި އަހަރު ރާއްޖެއަށް ސައުދީން ދީފައިވަނީ 453 ކޯޓާއެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ނަގާފައިވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.

ރޭގައި ދެވަނަ ގްރޫޕް ފުރާފައިވާއިރު ފުރަތަމަ ގްރޫޕު މި ހަފްތާގައި އާދީއްތަ ދުވަހު ވަނީ ފުރާފައެވެ. ތިންވަނަ ގްރޫޕް ފުރާނީ ޖުލައި މަހުގެ ދެވަނަ ދުވަހު ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް