ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 07:40 އިން ފެށިގެން ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށެވެ.
ދެކުނަށް މި ސަމާލު ނެރެފައިވާއިރު މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭނެކަން މެޓުން ހާމަކޮށްފައިވެއެވެ.
މޫސުން ގޯސްވެފައިވާއިރު ރޭގައި އެކަނި ކަނޑުމަތީގެ ހަތް ހާދިސާއަކާއި ގުޅިގެން ހަރަކާތްތެރިވިކަން އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް