މި އަހަރުގެ އަރަފާތު ދުވަހަކީ ޖުލައި އަށެއް ވާ ހުކުރު ދުވަސް ކަމަށާއި ޢީދު ދުވަހަކީ ޖުލައި ނުވައެއް ވާ ހޮނިހިރު ދުވަސް ކަމުގައި ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
ސައޫދީން މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުން މި ނިންމުން ނިންމާފައިވަނީ ހައްޖުމަހުގެ ހަނދު ފެނިފައިވާތީ އެވެ.
ސައޫދީން މި ނިންމުން ނިންމާފައިވީނަަމަވެސް މުސްލިމް ބައެއް ގައުމުތަކުން ޢީދުގެ ފުރަތަމަ ދުވަހުގެ ގޮތުގައި މި އަހަރު ބަލަނީ ޖުލައި ދިހަ ވަނަ ދުވަހެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިޔާ، މެލޭޝިޔާ، އަދި ބުރޫނާއި ހިމެނެއެވެ. އެ ގައުމުތަކުން އެ ނިންމުން ނިންމާފައިވަނީ އެ ގައުމުތަކަށް ހައްޖު މަހުގެ ހަނދު ފެނިފައިނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް