ދުވަހުގެ މޫސުން: ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ، ގުގުރުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް...

30 Jun 2022 | 02:59

ދުވަހުގެ މޫސުމަށް ބަލައިލާއިރު ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑީއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައިވެއެވެ.

މެޓުން ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން މިއަދު ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް