ދިރާގު ރޯދަ ޑޭޓާ ބަންޑަލް އިން ލިބުނު 313,235 ރުފިޔާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަށް ހަދިޔާކޮށްފި

ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތުރު ޢީދަށް ޚާއްސަކޮސްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވައިގެން ލިބުނު ފައިސާގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދ...

30 Jun 2021 | 13:25

ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތުރު ޢީދަށް ޚާއްސަކޮސްގެން ތައާރަފުކުރި ޚާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވައިގެން ލިބުނު ފައިސާގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދު ހަދިޔާ ކޮށްފިއެވެ.

އެގޮތުން މި އަހަރުގެ މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235 ރުފިޔާ ވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފައިއެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވި ގޮތުގައި "ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި. އަދި ވޭތުވެ ދިޔަ އަހަރު ތަކުގެތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންކަމުން އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދިރާގުން ވަނީ ވާއިތުވި އަހަރުތަކުގައިވެސް އެކި ޖަމިއްޔާތައް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 ހަދިޔާ ކޮށްފައިއެވެ. ގޮތުން ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް