ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މި މައްސަލައިގަ ފުލުހުންގެ ބަންދުގައި އަށް މީހަކު އެބަތިބި ކަމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަ ކޮށްފައި އެވެ. އެކަމަކު ފުލުހުން މިހާތަނަށް ބުނެފައިވަނީ އެ މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ ފަސް މީހެއް ކަމަށެވެ.
ފުލުހުން މިއަދު ބުނީ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަދުހަމް އަހުމަދު ރަޝީދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އަދި އަހްމަދު ފާތިހުގެ އިތުރުން އަލީ ހައިޝަމްގެ ކަމަށެވެ. މީގެ ތެރެއިން ހައިޝަމްގެ ވަނަވަރު ފުލުހުން ހާމަ ކުރި މިއީ ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނީ އަދުހަމް، ތަހުމީނު އަދި މުޖާޒްގެ ބަންދަށް ކްރިމިނަލް ކޯޓުން30 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. ފާތިހު އާއި ހައިޝަމްގެ ބަންދަށް އިތުރުކޮށްދީފައިވަނީ15 ދުވަހެވެ.
މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ. އެމަނިކުފާނު މިހާޜު ހުންނެވީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާޓުގައި އެވެ.
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް