ވެކްސިން ޖަހަންވީ ރަށަށް ދާކަށް ނޫން، ބަލީގައި ބޮޑުވަރު ވިޔަ ނުދިނުމަށް!

ހަގީގަަތް ގަބޫލުކުރަން ވާނެއެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަކީ ދަތުރުކުރަން ލިބޭ "ޕާސްޕޯޓް" ނުވަތަ "ލައިސެންސް"އެއްގެ ގޮތުގައި ވިސްނުމަކީ ގޯހެކެވެ. ދެ ޑޯޒް ހަމަކުރުމުން މާލޭން ރަށަށް...

30 Jun 2021 | 08:05

ހަގީގަަތް ގަބޫލުކުރަން ވާނެއެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަކީ ދަތުރުކުރަން ލިބޭ "ޕާސްޕޯޓް" ނުވަތަ "ލައިސެންސް"އެއްގެ ގޮތުގައި ވިސްނުމަކީ ގޯހެކެވެ.

ދެ ޑޯޒް ހަމަކުރުމުން މާލޭން ރަށަށް ގޮސް ކަރަންޓީން ވާން ނުޖެހޭތީ، ޖަހާ އެއްޗަކަށް ވެކްސިން ވެގެންނުވާނެއެވެ. ވެކްސިން ޖަހަންވީ ރަށަށް ދާކަށް ނޫން، ބަލިން ބޮޑުވަރު ވިޔަ ނުދިނުމަށެވެ.

ވެކްސިންގެ ހަގީގީ މަގުޞަދު އޮޅުވައިނުލާށެވެ. ކޯވިޑް-19 ވެކްސިން އަކީ ކޯވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް (SARS-CoV-2) އިން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެކެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމަކ،ީ ޞިއްޙ،ީ އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއެކެވެ.

ކުރިން ސިއްހަތު ރަނގަޅަށް ތިބި އެކި އުމުރުފުރައިގެ މީހުންވެސް ދަނީ މިބަލީގެ ސަބަބުން ޞިއްޙީ ބޮޑެތި މައްސަލަތަކާ ކުރިމަތިލަމުންނެވެ. މި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑ،ީ ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުންނެވެ.

އެންމެ ފުރަތަމަ ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައ،ި ސިއްޙީ ހިދުމަތްތެރިންނާއި މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަޙައްމަލު ކުރާ މީހުން ހިމެނެއެވެ .

އެހެނިހެން ވެކްސިންތަކެކޭ ވެސް އެއްފަދައިން ކޯވިޑް-19 އިން ދިފާއުވުމަށް އުފެއްދި ވެކްސިންގެ ރައްކާތެރިކަން ވަނީ ވެކްސިން އުފެއްދުމުގެ މަރުޙަލާގައި ކަށަވަރުކޮށްފައެވެ. ޒަމާނުއްސުރެ ވެކްސިން އުފެދުމުގައި އަމަލުކުރާ އުސޫލުގެ ދަށުން، މިވެކްސިންތައްވެސް ތިން މަރުހަލާއެއްގައި ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޮންމެ މަރުހަލާއެއްގައި މި ވެކްސިން ޖެހި މީހުންގެ އަދަދު އެހެން ވެކްސިންތަކެކޭ އެއްފަދައިން ހަމަހަމައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުނ،ް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުންނަށް ޖަހައިގެން ޓެސްޓްކުރުމުގެ މަރުޙަލާގައިވާއިރ،ު 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީގައި ޓެސްޓްކުރަމުންނެވެ. އަދި ވެކްސިން ޓެސްޓްކުރުމުގެ އެންމެ ފަހު މަރުޙަލާގެ ތެރޭގައި 15 ވެކްސިނެއް ފުޅާ ދާއިރާއެއްގައި ޓެސްޓްކުރެވެމުން އެބަދެއެވެ.

މި ވެކްސިން ޖެހުން މަޖުބޫރެއް ނޫނެވެ. އެކަމަކު ޖެހުން ވަރަށް މުހިންމެވެ.

ވެކްސިންޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެއެވެ. ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމ،ަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެއެވެ. ވަކި ފަރުދަކަށް ބަލައިފިކަމުގައިވާނަމަވެސ،ް މި ވެކްސިންޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

އެހެންކަމުން ވެކްސިން ޖަހަންވީ މި ސަބަބުތަކާ ހުރެއެވެ. އެއްވެސް ހާލެއްގައި ރަށަށް ދާންވެގެން ޖަހާ ޖެހުމަކަށް ވެގެން ނުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް