ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވ. ބޮޑުހޮމޮރާގައި ތަރައްގީކުރާ ”ޖާބިރު ހެޕީ ކްލަބް“އަށް ދަތުރު ދިއުމަށް ހުޅުވާލަން ނިންމައިފިއެވެ.
ޖާބިރު ވިދާޅުވި މާދަމާއިން ފެށިގެން ހެޕީ ކްލަބްގެ ޑިވެލޮޕްމެންޓު ފޭޒް 1 ރައްޔިތުންނަށް ހުޅުވާލަން ނިންމާފައި ވާކަމަށެވެ. އެ ރަށަށް އެރުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވިދާޅުވި އެވެ.
އަދި މިގޮތަށް ނިންމެވީ މިހާރު މި އޮތް ކޯވިޑް-19 ބަލިމަޑުކަމުގައި ރައްޔިތުން ދާނެ ރަށެއް ނެތުމުން ކަމަށެވެ.
އާންމުންނަށް އެ ރަށް ހުޅުވާލާއިރު އެ ރަށުގައި ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ހުންނާނެ ކަމަށް ޖާބިރު ވިދާޅުވެއެވެ. އެ ރަށަށް ދެވޭނެ އުސޫލުތައް ޖާބިރު ހެޕީ ކްލަބުގެ މެނޭޖްމެންޓުގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖާބިރު ވިދާޅުވެއެވެ.
ޖާބިރު މީގެ ކުރިން ހާމަކޮށްފައިވާ ގޮތުން، ބޮޑު މޮހޮރާގައި ”ޖާބިރު ހެޕީ ކްލަބް“ގެ ނަމުގައި އެ ރަށުގައި ހިންގަން ހަމަޖެހިފައި ވަަނީ ރިސޯޓެކެވެ. އަދި އެ ރިސޯޓުގެ 10 އިންސައްތަ ހިއްސާ ދޭނީ ސަރުކާރަށް ކަމަށާއި އެ ރިސޯޓު ހިންގާނީ ބޮޑުމޮހޮރާ ޑިވެލޮޕްމެންޓު ޕްރައިވެޓު ލިމިޓެޑްގެ ދަށުންނެވެ.
މިއީ ޖާބިރުގެ ހުވަފެނީ ޕްރޮޖެކްޓެކެވެ. ހިތްފަސޭހަ އުފާވެރި މަންޒިލަކަށް އެތަން ހެދުމަށް އޭނާ ވަނީ އަމާޒު ހިފާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް