މާލެ ސްޓްރީޓްސްކޭޕިންގ މަޟްރޫއުގެ ދަށުން މާފަންނު ހުޅަނގު ސެގްމަންޓް 1ގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން %45 މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީން ބުނީ މާލޭ ސްޓްރީޓް ސްކޭޕިންގް ޕޮރޮޖެކްޓްގެ ދަށުން ބުދަ ދުވަހު ފްލޫނިޔާ މަގުގެ ބްލޮކް 311ގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މާފަންނު ހުޅަނގު ޕޭސް 1، އަދި ސެގްމަންޓް 1ގެ މަސައްކަތްތައް ކަމަށެވެ. ފްލޫނިޔާ މަގުގެ ބްލޮކް 3ގެ މަސައްކަތް 14 ދުވަސް ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން ބުނެއެވެ.
2019 ވަނަ އަހަރުފެށި މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މާފަންނުގެ ގިނަ މަގުތަކެއް ހަދާ އާންމުންނަށް ހުޅުވާލާފައެވެ.
އާރުޑީސީން އިއްޔެ ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތައް ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އެއީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގެންނެވުމަށް މާލެ ވަށާ ހަތަރު ފޫޓުގެ ފުޅާ ދުވާ ޓްރެކެއް ހަދާ ސަރަހައްދުތައް އެކަނި ކަމަށެވެ.
މިމަޝްރޫއުގެ ދަށުން 120ށްވުރެ ގިނަ މަގު (18 ކިލޯމީޓަރު) ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. 2019ވަނަ އަހަރު ފެށި މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް 2023ވަނަ އަހަރުގެ ކުރިން އެއްކޮށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ ފަށާފައިވަނީ މާފަންނު ހުޅަނގު ސަރަހައްދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް