އަނާރާ ޕީއެޗްޑީ ހާސިލް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ޕީއެޗްޑީ ހާސިލް ކުރައްވައިފި އެވެ. އަނާރާ އަކީ ކުރީގެ މަޖިލީސް މެމްބަރެއްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިއެކެވެ. އަދި ރާއްޖޭ...

30 Jun 2021 | 05:31

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ޕީއެޗްޑީ ހާސިލް ކުރައްވައިފި އެވެ.

އަނާރާ އަކީ ކުރީގެ މަޖިލީސް މެމްބަރެއްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިއެކެވެ. އަދި ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ކުރީ ސަފަށް ނުކުންނަވައި ދީނީ ނަސޭހަތް ދެއްވުމުގައި ހަރަކާތްތެރިވާ މަދު އަންހެން ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.

އަނާރާ ޕީއެޗްޑީ ހާސިލް ކުރެއްވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިންނެވެ. އަނާރާއަކީ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލް ކުރި ފުރަތަމަ ބެޗުގައި ހިމެނެނިވަޑައިގެންނަވާ ކަނބަލެކެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އަނާރާ ވިދާޅުވީ އެކަމަނާ ޕީއެޗްޑީ ހާސިލް ކުރެއްވީ ޑޮކްޓާ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން ކަމަށެވެ. އަނާރާ ތީސީސް ލިޔުއްވާފައިވަނީ "ޝަރުއީ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު" އެ މައުލޫއަށެވެ.

އެ ތީސީސް އަނާރާ ލިޔުއްވާފައިވަނީ އަރަބި ބަހުންނެވެ.

އެކަމަނާ ޑިގްރީ ހާސިލު ކުރައްވާފައިވަނީ ގަތަރު ޔުނިވަސިޓީން، ޝަރީއަތާއި ގާނޫނީ ރޮނގުންނެވެ. މާސްޓާސް ފުރިހަމަ ކުރެއްވީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް