ކޮރަޕްޝަނުގެ ތުހުމަތުގައި ނިމާލް އޭސީސީއަށް ހާޒިރު ކުރަނީ

މާލެ އަތޮޅު ކައުންސިލްގެ ރައީސް އަދި ކުރީގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ. އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު11:30 އަށެވެ...

30 Jun 2021 | 04:06

މާލެ އަތޮޅު ކައުންސިލްގެ ރައީސް އަދި ކުރީގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު11:30 އަށެވެ. އޭސީސީން ނިމާލަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރު ކުރަނީ ބަޔާނެއް ނެގުމާއި އޭގައި ސޮއި ކުރުމަށް ކަމަށެވެ.

އޭސީސީން ނިމާލްގެ މައްޗަށް ތުހުމަތު ކުރަނީ ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމުގައި އޭނާ މަގާމުގައި ހުންނެވި އިރު ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އެވެ. އެފަހަރު މުވައްޒަފުން ނަގާފައިވަނީ އިއުލާނު ކުރުމެއް ނެތި ކަމަށް އޭސީސީން ފާހަގަ ކޮށްފައިވެ އެވެ.

މި މައްސަލައިގަ ޕީޕީއެމްއިން ބުނީ އޭސީސީން މިގޮތަށް ފޮނުވާ ޗިޓަކަށް ނިމާލް ރަޖާ ލައްވައިގެން ބިރުން ނޯންނާނެ ކަމަށެވެ. އަދި ނިމާލް އޭސީސީއަށް ހާޒިރު ކުރަނީ އިދިކޮޅު ކޯލިޝަނުން މަގުމަތީ ހަރަކާތްތައް ފައްޓަން އުޅޭތީ ބިރުން ކަމަށް ބުނެ އެވެ.

ފެނަކަ އަކީ ކޮންމެ ވެރިކަމެއްގައިވެސް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ތަނެކެވެ. އެގޮތުން ފައިސާއަށް ހިޔާނާތްތެރިވުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގުން ފަދަ އެތައް ތުހުމަތެއް އަބަދުވެސް ކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް