މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި މި މަހުގެ 25ގައި ހިނގި ހާދިސާއެކެވެ.
އުއްތަރު ޕްރަދޭޝްގެ ޝިކާރްޕޫރުގައި ހިނގާދިޔަ ހާދިސާއެއްގައި މަރުވެފައިވަނީ މައުލްވީ ވަކީލް އަހްމަދު ނަމަކަށް ކިޔާ ދީނީ އިލްމުވެރިއެކެވެ.
އޭނާގެ ކުއްލި މަރާއެކު އޭނާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްދިޔަ އިރު އެކަމުގައި އުޅުނު ބަޔަކަށް ފާހަގަވީ އޭނާގެ ފިރިހެން ހަށި ވަނީ ބުރިކޮށްލާފައި ކަމަށެެވެ.
އެހިސާބުން ފުލުހުންގެ ތަހުގީގެއް ހިންގަން ފެށުނެވެ. އެއާއެކު ހައްޔަރުކުރީ ވަކީލް އަހްމަދުގެ ދޮށީ އަނބި ހަޒްރާ އެވެ.
ތަހުގީގުގައި ހަޒްރާ ބުނެފައިވަނީ އޭނާގެ ފިރިމީހާ ވަކީލް އަހްމަދު މަރާލަން ޖެހުނީ ދެވަނަ ކައިވެންޏެއްގެ މަތީގައި ހުރެ އަނެއްކާވެސް ތިންވަނަ ކައިވެންޏެއް ކުރަން ބޭނުންވެ އެކަމުގެ ވާހަކަ ދެކެވި އެކަން ނުކުރުމަށް އެދުމުންވެސް ހަޒްރާގެ ބަސް ނާހައި ތިންވަނަ ކައިވެންޏަކައިގެން ކުރިއަށްދާން އުޅުމުން ކަމަށެވެ.
ހަޒްރާ ބުނެފައިވަނީ އެ ޒުވާބަކަށްފަހު ވަކީލް އަހްމަދު ނިދުމުން ތޫނު ވަޅިއަކުން ވަކީލް އަހްމަދުގެ ފިރިހެން ހަށި އޭނާ ބުރިކޮށްލީ ކަމަށެވެ. އަދި އެއަށްފަހު އޭނާ މަރުވަންދެން މަޑުކުރުމަށްފަހު އެކަން ފޮރުވޭނެ ގޮތް ގޮތަށް ކަންތައްކޮށް ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިޔައީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް