އައިއެސްއިން ދެ އަންހެނެއްގެ ކަރު ބުރިކޮށްލައިފި

އައިއެސް ޖަމާއަތުން ސީރިޔާގައި ދެ އަންހެނެއްގެ ކަރު ބުރިކޮށްލައިފި އެވެ. މީޑީއާ ރިޕޯޓްތައް ބުނާގޮތުން އައިއެސްއިން އަންހެނެއްގެ ކަރު ބުރިކުރި މީ ފުރަތަމަ ފަހަރެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރަ...

30 Jun 2015 | 17:48

އައިއެސް ޖަމާއަތުން ސީރިޔާގައި ދެ އަންހެނެއްގެ ކަރު ބުރިކޮށްލައިފި އެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން އައިއެސްއިން އަންހެނެއްގެ ކަރު ބުރިކުރި މީ ފުރަތަމަ ފަހަރެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އައިއެސްއިން އެ ދެ އަންހެނުންގެ ކަރު ބުރިކުރީ ފަންޑިތަ ހަދާކަމަށް ބުނެކަމަށެވެ. އަދި އެ ދެ އަންހެނުންނާއެކު އެ ދެ އަންހެނުން އިނދެގެން އުޅޭ ދެފިރިހެނުންގެ ކަރުވެސްވެސް ބުރިކުރި ކަމަށް އޮބްޒަވޭޓަރީން ބުނެ އެވެ.

ދީނުގައި އޮންނަ ހުކުމް ތަންފީޒު ކުރުމަށްކަމަށްބުނެ އައިއެސްއިން އަންނަނީ ތަފާތު ގޮތްގޮތަށް މީހުން މަރަމުންނެވެ. އެގޮތުން ދިރިތިއްބާ މީހުންގެ ކަރު ބުރިކުރުމާއި، ދަނގަޑު ކޮށްޓަލާ އަންދާލުމާއި ގައިގާ ގޮވާތަކެތި ބަނުމަށްފަހު ގޮއްވާލުންވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް