ހިންމަފުށީ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައި ހުއްޓާ ފެނިއްޖެ

ހިންމަފުށީ ގެއެއްގެ ދޮރަށް އަސްލު ވަޒަނެއް ކަމަށްބެލެވޭ ވަޒަނެއް އަރާފައި ހުއްޓާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ ވަޒަން އަރާފައިހުރީ އެރަށު އަޅިވިލާގޭ ދޮރަށ...

30 Jun 2015 | 12:00

ހިންމަފުށީ ގެއެއްގެ ދޮރަށް އަސްލު ވަޒަނެއް ކަމަށްބެލެވޭ ވަޒަނެއް އަރާފައި ހުއްޓާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި މީހަކު ބުނީ ވަޒަން އަރާފައިހުރީ އެރަށު އަޅިވިލާގޭ ދޮރަށް ކަމަށާއި ބަލާބެލުމަށް އެއީ އަސްލު ވަޒަނެއް ކަމުގައި ބެލެވޭ ކަމަށެވެ.

"އެގެއަކީ ގިލިލަންކަންފުށި ރިސޯޓްގެ ސްޓާފަކަށް ކުއްޔަށް ދީފައި ހުންނަ ގެ އެއް، އަޑެއް އިވިގެން ނިކުމެ ބެލިއިރު ދޮރަށް ވަޒަނެއް އަރާފައި ހުރި ކަމަށް އޭނާ ބުނަނީ" ދުވަހަށް މައުލޫމާތުދިން މީހާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިއަދު 10:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ އެމްއެންޑީއެފުންވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް