ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހަދަމުންދާ އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެކަމަށް ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ މޫސާ އަންވަރު ވިދާޅުވެއްޖެއެވެ.
ޗީފް ޕްރިޒަންސް އޮފިސަރ މުސާ އަންވަރު ވިދާޅުވީ މި މަސައްކަތަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގެ އޮފިސަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކުރައްވަމުންގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި މި އިމާރާތް ހަދައި ނިމުމުން މުވައްޒަފުންނަށް ޓީވީ ހޯލަކާއި މެސް ހޯލުގެ ޖާގައަށް ހައްލެއް ލިބިގެން ދާނެކަމަށެވެ.
މި އިމާރާތް ހެދުމުގެ މަސައްކަތަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ހަދަމުންގެންދާ އިމާރާތެއް ކަމަށާއި މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ އޮފިސަރުންނަށް ޑައިރެކްޓަރ ޝުކުރު އަދާކުރެއްވި ކަމަށް މޯލްޑިވްސް ކަރެކަޝަނަލް ސާވިސް އިން ހާމަ ކުރެ އެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރ ހުޅުވާފައިވަނީ 03 ޑިސެމްބަރ 2012 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް