މިހާރު ކިޔަވަމުން އަންނަ އަދި އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް މަތީ ތައުލީމު ލޯނު އެހީގެ ފުރުސަތު ތަކެއް ސަރުކާރުން ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މި ފުރުސަތު ތަކަކީ އެސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތަކުގެ ތެރެއިން އޭޕްރިލް 2015 ގެ ފުރުތަމަ ބުރުގެ އިތުރުވެފައިވާ ސްލޮޓްތައް ކަމަށެވެ.
އަލަށް ކިޔަޔާ ދަރިވަރުންނަށްވެސް އަދި ކިޔަވަމުން އަންނަ ދަރިވަރުންނަށްވެސް ރާއްޖޭގައި ކިޔެވުމަށް އަދި ރާއްޖެއިން ބޭރުގައި ކިޔެވުމަށްވެސް ލޯނުގެ ފުރުސަތު ހުޅުވާލާފައި ވެ އެވެ. އެގޮތުން އަލަށް ކިޔަވަމުން އަންނަ ދަރިވަރުންނަށް ރާއްޖޭގައި ކިޔެވުމަށް ލޯނު އެހީގެ 43 ފުރުސަތު ހުޅުވާލާފައި ވެ އެވެ. އަދި އަލަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލޯނު އެހީގެ 55 ފުރުސަތު ހުޅުވާލާފައި ވެ އެވެ.
މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ރާއްޖޭގައި ލޯނުގެ އެހީގެ 50 ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލޯނު އެހީގެ 20 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެޕްލިކޭޝަން ފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ 30 ޖޫން 2015 އިން ފެށިގެން 21 ޖުލައި 2015 ގެ ނިޔަލަށް ކަމަށާއި ހެނދުނު 10:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމަންޓްގެކައުންޓަރުން ކަމަށް ޑީއެޗްއީ އިން ބުނެ އެވެ. އަދި އެޕްލިކޭޝަން ފޯމް 30 ޖޫން 2015 އިން ފެށިގެން އެ ޑިޕާޓްމަންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނ ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުނެ އެވެ.
ހަބަރާ ގުޅޭ ގެޒެޓް ލިންކް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް