ކޯޓަށް ހާޒިރު ކުރުމަށް ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ކޯޓު އަމުރު ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ކޯޓަށް ހާޒިރުކޮ...

30 Jun 2015 | 10:24

ކޯޓު އަމުރު ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުތަކާ ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ އެމީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ޔެލޯވިލާ، ޢަދުނާން (45އ) އާއި ސ.ހުޅުދޫ، ރެޑިއަމްގެ، އަޙްމަދު ސަޢީދު (39އ) އާއި ލ.ދަނބިދޫ، ދޯދި، ސަޢުދުﷲ ރަޝީދު (34އ) ގެ އިތުރުން ގއ.ވިލިނގިލި، މާފޮޅޭގެ، ޝައްފާޙް ޢަބްދުއްލަޠީފް (22އ) އެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރެއިން ޢަދުނާން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ބިރުދެއްކުމުގެ މައްސަލައަކާއި ގުޅިގެން ކަމަށާއި އަދި އަޙްމަދު ސަޢީދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަމުރަށް ނުކިޔަމަންރިވި މައްސަލައަކާ ގުޅިގެން ސަޢުދުﷲ ރަޝީދު ހޯދަމުން ދާއިރު، ޝައްފާޙް ޢަބްދުއްލަޠީފް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ، މަޤްބޫލު ސަބަބެއްނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ،.

މި ހަތަރު މީހުންނާއ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް