ޓުއަރިޒަމް މިނިސްޓްރީން ލޯގޯ ކުރެހުމުގެ މުބާރާތެއް ބާއްވަނީ

ފަތުރުވެރިކަމުގެ ޞިނާޢަތަކީ ތިމާވެށްޓާއި ރަޙުމަތްތެރި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކަށް ރައްކާތެރި ޞިނާޢަތަކަށް ހެދުމަށްޓަކައި އަލަށް ތަޢާރަފުކުރެވޭ ޓުއަރިޒަމް ގްރީން އެވޯޑުގެ ލ...

30 Jun 2015 | 10:14

ފަތުރުވެރިކަމުގެ ޞިނާޢަތަކީ ތިމާވެށްޓާއި ރަޙުމަތްތެރި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކަށް ރައްކާތެރި ޞިނާޢަތަކަށް ހެދުމަށްޓަކައި އަލަށް ތަޢާރަފުކުރެވޭ ޓުއަރިޒަމް ގްރީން އެވޯޑުގެ ލޯގޯގެ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖުލައި 2015 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން މި މަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރަންސްގައިވާގޮތަށް ކުރެހުން ހުށަހެޅުއްވުން އެދޭ ކަމަށެވެ.

އަދި ޓާރމްސް އޮފް ރިފަރަންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓު www. tourism.gov.mvއިން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

މި މުބާރާތަކީ ހަމަ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭގޮތަށް 10،000 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވާ މުބާރާތެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް