މެގީ ނޫޑްލްސްގައި ސިއްހަތައް ނުރައްކާވާ މިންވަރަށް “ލެޑް” އަދި މޮނޯ ސޯޑިއަމް ގްލުޓަމޭޓް” ފާހަގަ ކުރެވިގެން ޖޫން ފަހަކުން ފެށިގެން އިންޑިއާގައި އެ ނޫޑްލްސް ވިއްކުން މަނާކޮށްފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކަށް އެ ނޫޑްލްސް އެކްސްޕޯޓް ކުރުމުގެ ހުއްދަ ބޮމްބޭގެ ހައިކޯޓުން އިއްޔެ ދީފި އެވެ.
މެގީ މައްސަލައިގާ އިއްޔެ ބޭއްވި އަޑު އެހުމުގައި މެގީ ކުންފުނީގެ ފަރާތުން ބުނެފައިވަނީ އިންޑިއާ ނޫން އެހެން ގައުމަކުން އެ ނޫޑްލްސްއާ ބެހޭގޮތުން މައްސަލަ ޖައްސާފައި ނެތް ކަމަށާއި އެހެންކަމުން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.
އިއްޔެގެ އަޑުއެހުމުގައި އިންޑިއާގެ ކަމާބެހޭފަރާތްތަކުން ވަނީ މެގީއާ ދެކޮޅަށް ފަސް ކަރުދާހެއް ހުށަހަޅާފަ އެވެ. އަޑު އެހުމުގައި ދެ ފަރާތުގެ ވަކީލުންނަށްވެސް މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށްފަހު ނިންމީ ބޭރު ގައުމުތަކަށް މެގީ އެކްސްޕޯޓް ކުރުމަކުން މައްސަލައެއް ނެތް ކަމަށެވެ.
އިންޑިއާގައި މެގީ ވިއްކުމާއި ބޭނުންކުރުން މަނާ ކުރުމާއެކު ރާއްޖޭގައިވެސް ވިއްކުމާއި ބޭނުންކުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް