ޓުއަރިޒަމް ބޮއިކޮޓްކުރަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ދިޔައީ ތޮޅިއަށް: އެމްޕީ މުހައްމަދު އިސްމާއިލް

ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓްކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތް މާތް ﷲގެ ހެޔޮ ރަހުމަތުން ދިޔައީ ތޮޅިއަށް ކަމަށާއި މިދީބުގެ އަދީބު ވިދާޅުވިހެން ރާއްޖޭގައި އެއްވެސް ސްޓްރެސްއެއް ނެތް ކަ...

30 Jun 2015 | 06:16

ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓްކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތް މާތް ﷲގެ ހެޔޮ ރަހުމަތުން ދިޔައީ ތޮޅިއަށް ކަމަށާއި މިދީބުގެ އަދީބު ވިދާޅުވިހެން ރާއްޖޭގައި އެއްވެސް ސްޓްރެސްއެއް ނެތް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޕީ މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ފޭޝްބުކްގައި މިރޭ ޝާއިއުކުރި ސްޓޭޓަސްއެއްގަ އެވެ.

އެ ސްޓެޓަސްގައި ވިދާޅުވެފައިވަނީ "މި ދީބުގެ އަދީބު ވިދާޅުވިފަދައިން މިރާއްޖޭގައި އެއްވެސް ސްޓްރެސް އެއް ނެތް ކަމަށެވެ. މާތް ﷲގެ ރަހުމަތުން 2014 ވަނަ އަހަރުދުނިޔޭގެ އެކި ބައްރުތަކުން 1.4 މިލިއަން ފަތުރުވެރިން ރާއްޖެ އައީ ރާއްޖެއަކީ ސްޓްރެސް ފްރީ ގައުމަކަށް ވާތީ" ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތްދިޔައީ ތޮޅިއަށް ކަމަށާއި އެހެންކަމުން މި ރާއްޖެއަކީ ސްޓްރެސް ފްރީކުރާ، ސްޓްރެސްއަށް ލިބިދޭ ހެޔޮ ޝިފާއެކޭ ދެންނެވިދާނެ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް