ގިނަ އަދަދެއްގެ ފައިސާއާއެކު ޖުވާކުޅެންތިބި ބަޔަކު އަތުލައިގެންފި

މާލޭގެ ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިބި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ގިނަ އަދަދެއް ފައިސާއާއެކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން...

30 Jun 2015 | 06:08

މާލޭގެ ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިބި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ގިނަ އަދަދެއް ފައިސާއާއެކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަނގުލަދޭޝްގެ ހަތަރު މީހެއް ކަމަށެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިއަދު ހެނދުނު 06:15 ހާއިރު މ.ރަންދޫ ގޭގައި ޖުވާކުޅެން ތިބިކަމަށް، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސްގެ ފުލުހުން އެގެއަށް ދިޔައިރު ޖުވާކުޅެން ތިއްބާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެމީހުން ތިބި ތަން ބަލައިފާސްކުރިއިރު، 21000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޖުވާކުޅުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް