"އިގިރޭސިވިލާތާ ދިމާލަށް ދުއްވައިގަންނަނީ ރާއްޖެއަށް އިނގިރޭސި ހުކޫމަތް ވައްދަންބާ!؟"

ސިޔާސީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރާއިރަށް އިނގިރޭސިވިލާތާ ދިމާއަށް ދުންވައިގަންނަނީ އިނގިރޭސި ހުކޫމަތް ރާއްޖެއަށް ވައްދަން ކަމާމެދު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ސުވާލު އުފައްދަވައ...

29 Jun 2015 | 22:19

ސިޔާސީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރާއިރަށް އިނގިރޭސިވިލާތާ ދިމާއަށް ދުންވައިގަންނަނީ އިނގިރޭސި ހުކޫމަތް ރާއްޖެއަށް ވައްދަން ކަމާމެދު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ސުވާލު އުފައްދަވައިފި އެވެ.

މި ސުވާލު ޝުޖާއު އުފައްދާފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި މިރޭ ޝާއިއުކޮށްފައިވާ ސްޓެޓަސްއެއްގަ އެވެ.

ފޭސްބުކްގައި ވިދާޅުވެފައިވަނީ ކޮންމެ ސިޔާސީ މީހަކު ޖިނާޢީ ކުށެއްގެ ތުޙުމަތުގައި މައްސަލަ ބަލަން ފަށާއިރަށް ދުއްވައި ގަންނަނީ އިނގިރޭސި ވިލާތަށް ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން މިފަދަ ގޮތް ގޮތަށް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާއިރު މިކަމުގެ ސިއްރަކީ ކޮބައިކަމާމެދު އެމް.ޕީ ސުޖާ ވަނީ ސުވާލު އުފައްދާފައެވެ.

ހަމަ އެހެންމެ، ޖިނާއީ ކުށް ކޮށްފައިވާ ސިޔާސީ މީހުންނަށް އިނގިރޭސި ވިލާތް މިހާރު ފެންނަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެގޮތްޕެއްގެ ގޮތުގައިތޯ ކަމާމެދުވެސް ސުޖާ ވަނީ ސުވާލު އުފައްދާފައެވެ.

https://www.facebook.com/ibrahimshujau.mp/posts/493114704186380

ޝުޖާ މި މޭރުމުން ވާހަކަ ފުޅު ދައްކަވާފައި ވާއިރު، އަދާލަތު ޕާޓީ އިސްވެ އޮވެ މޭޑޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ޖިނާޢީ ތުޙުމަތު ތަކެއް ކޮށްފައިވާ ސިޔާސީ ތިން ބޭފުޅަކު މިވަގުތު ތިއްބެވީ އިނގިރޭސިވިލާތުގައެވެ.

މޭޑޭ މުޒާހަރާއާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލާފައިވާ، ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދު ވަނީ ދައުވާ އުފުލުމާއެކު ކޯޓަށް ޙާޟިރު ނުވެ އިނގިރޭސި ވިލާތަށް ފުރާވަޑައި ގަންނަވާފައެވެ.

މީގެ އިތުރުން މޭޑޭގެ މުޒާހަރާއާއި ގުޅިގެން އެމް.ޑީ.ޕީގެ ޗެއަރ ޕާސަން ޢަލީ ވަޙީދުގެ މައްޗަށް، ޖިނާޢީ ތަޙުޤީގެއް ހިންގުމަށް ފަހު ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު ޢަލީ ވަޙީދުވެސް މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށްވެއެވެ.

މި ތިން ބޭފުޅުންގެ އިތުރުން، ދިވެހިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ އިތުބާރުނެއް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވެއްދުމަށް ސަރުކާރުގެ ކޯލީޝަނުން ތައްޔާރުވަމުން އަންނައިރު ނައިބް ރައީސް ޖަމީލުވެސް މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް