ޑެންގީ ހުން ޖެހިގެން ހަތްމަހުގެ ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން އުމުރުން ހަތްމަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާ ނިޔާވީ އެމޖެންސީގައި އެ އަތޮޅު އޭދަފުށީ ހޮސްޕ...

29 Jun 2015 | 21:35

ޑެންގީ ހުން ޖެހިގެން އުމުރުން ހަތްމަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާ ނިޔާވީ އެމޖެންސީގައި އެ އަތޮޅު އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރޭ 6:00 ހާއިރު ކަމަށެވެ.

އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އެކުއްޖާ ހުންއައިސްގެން އުޅޭތާ ތިން ވަރަކަށް ދުވަސްވެފައިވާ ކަމަށާއި ހުންއައުމާއެކު ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ދިޔަ ކަމަށެވެ. އެގޮތުން ކުރިން ވެސް ޑޮކްޓަރަށް ދައްކާފައިވާ އެ ތުއްތު ކުއްޖާ މިއަދު 11:00 އެހާކަންހާއިރު އަނެއްކާ ޑޮކްޓަރަށް ދެއްކުމަށްފަހު، ކުރިއަށްވުރެ ހާލުދެރަވެގެން އަނެއްކާވެސް ހަވީރު ޑޮކްޓަރަށް ދެއްކީ ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވެ އެވެ.

ހަތްމަހުގެ ތުއްތު ކުއްޖަކު ނިޔާވެފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ޑެންގީ ޖެހިގެން ބިދޭސީއަކުވެސް ނިޔާވި އެވެ. އަދި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މާބަނޑު އަންހެނަކުވެސް ވަނީ ނިޔާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް