އީލޮން މަސްކް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް އެޑްވައިޒަރެއްގެ މަގާމުން އިސްތިއުފާދީފައެވެ.
މިގޮތުން އޭނާ ވަނީ ފެޑެރަލް ޚަރަދުތަކާއި ބިއުރޮކްރަސީ ކުޑަކުރުމަށް އަމާޒުކޮށްގެން ހިންގި ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ (ޑޮޖް) ގެ ވެރިޔާގެ މަގާމުން ވަކިވެފައެވެ.
ބުދަ ދުވަހު އެކްސްގައި މަސްކުގެ މި ނިންމުން އިއުލާނުކޮށްފައިވާއިރު، އެތައް މަހެއްގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކާއި، ސިޔާސީ ފާޑުކިޔުންތަކާއި، އަދި އޭނާ ހުށަހެޅި 2 ޓްރިލިއަން ޑޮލަރުން 150 ބިލިއަން ޑޮލަރަށް ސަރުކާރުގެ ބައެއް ހަރަދުތައް ކުޑަކުރަން ހުށައެޅި ހުށައެޅުން ވަނީ ސަރުކާރުން ބޮޑުތަނުން ބަދަލުކޮށްފައެވެ. އަދި މަސްކް ވަނީ ސަރުކާރުގެ އެތެރެއިން ދެކޮޅުހެދުންތަކާ ކުރިމަތިލާންޖެހި، ވޮޝިންގްޓަންގެ ބިއުރޮކްރަސީ އޮތީ އެނާ ހީކުރިވަރަށް ވުރެ ގޯސްކޮށް ކަމަށް ބުނެފައެވެ.
މަސްކުގެ އިސްތިއުފާ އައީ ޓްރަމްޕްގެ މައި ޤާނޫނީ ހުށަހެޅުމަށް — "ބިގް ބިއުޓިފުލް ބިލް" ގެ ނަމުން ނަންދެވިފައިވާ ބިލަށް މަސްކް ފާޅުގައި ފާޑުކިޔުމަށްފަހުގައެވެ. އޭނާ އެ ބިލް ސިފަކުރީ "ބޮޑު ޚަރަދުކުރުމުގެ ބިލެއް" ގެ ގޮތުގައެވެ. އަދި އެއީ ދަރަނި އިތުރުކޮށް، ޑީ.އޯ.ޖީ.އީގެ މަޤްޞަދު ނަގާލާ އެއްޗެއްކަމަށް ބުނެފައިވެއެވެ.
ނުތަނަވަސްކަން އޮތްނަމަވެސް، މަސްކް ވަނީ އޭނާގެ ވަދާޢީ ޕޯސްޓުގައި ޓްރަމްޕަށް ޝުކުރު އަދާކޮށްފައެވެ.
ވައިޓް ހައުސްއިން ވަނީ މަސްކްގެ ވަކިވުން ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ހަރަދުކުޑަކުރުމުގެ ސިޔާސަތު ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ޕަބްލިކް ބްރޯޑްކާސްޓިންގ އިން 1.1 ބިލިއަން ޑޮލަރު އަދި ބޭރުގެ އެހީއިން 8.3 ބިލިއަން ޑޮލަރު ކަނޑާލުން ހިމެނެއެވެ. މިއީ މަސްކްގެ ޚަރަދު ކުޑަކުރުމުގެ އެޖެންޑާގެ މުހިންމު ބައިތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް