މާލޭގެ ބައެއް ސަރަހައްދުތަކުން ދޮޅުގަޑިއެއްހާއިރަށް ކަރަންޓު ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މާލޭގެ ބައެއް ސަރަހައްދުތަކުން ...

30 May 2025 | 05:41

މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ޑިސްޓްރިބިއުޝަން ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހެނދުނު ހަތެއްޖަހާކަންހާއިރުގައެވެ.

"ޚިދުމަތް މެދުކެނޑިފައިވަނީ ޑިސްޓްރިބިއުޝަން ވިއުގައިގާ ހިމެނޭ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން" ސްޓެލްކޯއިން ބުނެފައިވެއެވެ.

އެއަށްފަހު ހެނދުނު 08:26 ހާއިރު ސްޓެލްކޯއިން ބުނެފައިވަނީ މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް މެދުކެނޑު ސަރަހައްދަށް މިހާރު އަލުން ކަރަންޓު ދެވިފައިވާކަމަށެވެ. އަދި ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް