އޭޕްރީލް މަހު ކޮންމެ ވަރިއަކަށް ދެ ކައިވެނި

ނިމިދިޔަ އޭޕްރީލް މަހު ފެމިލީ ކޯޓުން ކޮށްދިން ކޮންމެ ވަރިއަކަށް ނިސްބަތުން ބަލާނަމަ ދެ ކައިވެންޏަށްވުރެ އިތުރަށް ކައިވެނިކޮށްދީފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. އެގޮތުން އޭޕްރީލް މަހުގެ ވަރި...

30 May 2024 | 17:22

ނިމިދިޔަ އޭޕްރީލް މަހު ފެމިލީ ކޯޓުން ކޮށްދިން ކޮންމެ ވަރިއަކަށް ނިސްބަތުން ބަލާނަމަ ދެ ކައިވެންޏަށްވުރެ އިތުރަށް ކައިވެނިކޮށްދީފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

އެގޮތުން އޭޕްރީލް މަހުގެ ވަރި ކައިވެންޏާއި އަދި އެހެނިހެން ތަފާސް ހިސާބު ފެމިލީ ކޯޓުން މިރޭ ހާމަކޮށްފައިވެއެވެ.

އެ ތަފާސްހިސާބު ބުނާގޮތުން އޭޕްރީލް މަހު 60 ވަރި ކޮށްދީފައިވާއިރު އެ މަހު 144 ކައިވެންޏެއް ކޮށްދީފައިވެއެވެ.

އޭޕްރީލްމަހުގެ އިތުރު ބައެއް ތަފާސްހިސާބަށް ބަލާއިރު ޚަރަދުގެ 11 މައްސަލައެއް، އާޢިލީ އެހެނިހެން 12 މައްސަލައެއް، ކުޑަކުދިންނާއި ގުޅުންހުރި ހަ މައްސަލައެއް ނިންމާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އެ ކޯޓުން ފާހަގަކޮށްފައިވާ އަނެއް ކަމަކީ އަންހެނުން ހުށަހަޅާފައިވާ މައްސަލަތަކުގެ 100 އިންސައްތަ މައްސަލަ ނިންމާލިކަމެވެ. އެގޮތުން ގެވެށި އަނިޔާއާއި ގުޅޭ ކުރީ މަހުގެ ހަތް މައްސަލައަކާއި އޭޕްރީލްގައި ހުށަހެޅުނު ފަސް ނުވަ މައްސަލައެއް ނިންމާލާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް