ޙައްޖަށް ދާ ދިވެހިންނަށް މައުލޫމާތު ދިނުމުގެ ސެޝަން ތަކެއް ފަށައިފި

މި އަހަރު ޙައްޖަށް ދާ ފަރާތްތަކަށް ޙާއްސަކޮށްގެން މުއުލޫމާތު ސެޝަން ތަކެއް ފަށައިފިއެވެ. މި ސެޝަންތަކުގައި މައުލޫމާތު ދިނުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި...

30 May 2024 | 09:47

މި އަހަރު ޙައްޖަށް ދާ ފަރާތްތަކަށް ޙާއްސަކޮށްގެން މުއުލޫމާތު ސެޝަން ތަކެއް ފަށައިފިއެވެ.

މި ސެޝަންތަކުގައި މައުލޫމާތު ދިނުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ސެޝަންތަކުގެ ފުރަތަމަ ސެޝަން ހާއްސަކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ އަންނަ ހުކުރު ދުވަހުގައި ފުރާ ފުރަތަަމަ ގުރޫޕުގެ ހައްޖުވެރިންނަށެވެ. މި ސެޝަން ކުރިއަށް ގެންދެވީ ފުރަތަމަ ފްލައިޓުން ދަތުރުކުރައްވާ ޝެއިހް މުޙައްމަދު ޠައްޔިބުއެވެ.

މި ސެޝަންތަކުގައި ހައްޖުގެ އަޅުކަމާއި ބެހޭގޮތުން އެކި އެކި މައުޟޫމާތުތައް ހައްޖާޖީންނާއި ހިއްސާކުރައްވާފައިވެއެވެ.

މީގެތެރޭގައި ހައްޖުގެ ރުކުންތަކާއި، ޙައްޖަށް ގޮސް އުޅޭއިރު ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި، އިޙްރާމްބަދެގެން ހުރެ ސަމާލުކަން ދޭން ޖެހޭ ކަންކަން ކިޔާއިދީފައިވެއެެވެ. އަދި މީގެއިތުރުން ހައްޖުގެ އަޅުކަމަށް ތައްޔާރުވާއިރު ސިއްހީ ގޮތުން ސަމާލުވާންވީ ކަންކަން ވެސް ކިޔައިދީފައިވެއެވެ.

އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު މި ބައްދަލުވުމުގައި ޙައްޖާޖީންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގައި ރަސޫލާގެ ސުންނަތުގައިވާ ގޮތަށް އިހުލާސްތެރިކަމާއިއެކު އެ އަޅުކަން އަދާކުރުމަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި ދަތުރުގައި ހިތްހަމަ ނުޖެހޭ ކަމެއް ވިޔަސް ކެތްތެރިވުމަށްވެސް ވަނީ ވަޒީރު އެދިލައްވާފައެވެ.

ހުކުރު ދުވަހުގައި ފުރަތަމަ ފުރަން ހަމަޖެހިފައިވާ ގްރޫޕްގައި288 މީހުން ފުރައެވެ. މި ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ. ދެން ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ދެ ފްލައިޓަކަށް ބަހާލައިގެންނެވެ.މިއަހަރުގެައި ރާއްޖެއަށް ރަސްމީކޮށް ކޯޓާގެ ގޮތުގައި ލިބިފައިވަނީ 1000 ކޯޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް