ޢީދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

އަލްޙާ ޢީދާ ދިމާކޮށް މޯލްޑިވިއަންއިން އިތުރު ފްލައިޓްތަކެއް ޝެޑިއުލްކޮށްފިއެވެ. ޢީދު ބަންދަކީ ގިނަ ބަޔަކު ޗުއްޓީއަށް އެކި މަންޒިލްތަކަށް ދަތުރުކުރާ ދުވަސްވަރަކަށް ވުމުން މޯލްޑިވިއަންއިން އިތުރު ފްލައި...

30 May 2024 | 07:18

އަލްޙާ ޢީދާ ދިމާކޮށް މޯލްޑިވިއަންއިން އިތުރު ފްލައިޓްތަކެއް ޝެޑިއުލްކޮށްފިއެވެ.

ޢީދު ބަންދަކީ ގިނަ ބަޔަކު ޗުއްޓީއަށް އެކި މަންޒިލްތަކަށް ދަތުރުކުރާ ދުވަސްވަރަކަށް ވުމުން މޯލްޑިވިއަންއިން އިތުރު ފްލައިޓްތަކެއް ވަނީ ޝެޑިއުލްކޮށްފައެވެ. އެގޮތުން އެތެރޭގެ އުދުހުން ތަކުން އެތެރޭގެ 16 މަންޒިލަށް ފްލައިޓްތައް އިތުރު ކޮށްފައިވެއެވެ.

ކޮންމެ ޗުއްޓީއަކާއި ގުޅިގެން ފްލައިޓުތަކުގެ ބާރު ބޮޑުވާތީ، މޯލްޑިވިއަން އިން އިތުރު ފްލައިޓްތައް ޗުއްޓީތަކާއި ދިމާކޮށް ޝެޑިއުލް ކުރެއެވެ. މިގޮތުން މި އަަހަރުގެ އަލްހާ ޢީދު ޗުއްޓީއާއި ގުޅިގެންވެސް މިވަނީ ފްލައިޓް ދަތުރުތައް އިތުރުކޮށްފައެވެ.

މޯލްޑިވިއަންއިން ބުނީ، ކަސްޓަމަރުންނަށް ޗުއްޓީގައި ދަތުރު ފަތުރު ކުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ފްލައިޓްތައް އިތުރަށް ޝެޑިއުލް ކުރަން މިހާރު ވަނީ ނިންމަވާފައި ކަމަށެވެ.

އެގޮތުން ފްލައިޓްތަކުގެ ބުކިން ހެއްދުން މިހާރު ކުރިއަށް ގެންދެވޭނެ ކަމަށްވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް