އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު،، އެވިޑް ކޮލެޖުން ޔުނިވާރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އިފްތިތާހުކޮށްދެއްވާއިފި

އެވިޑްކޮލެޖުން، ޔުނިވާރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް ކިޔަވައިދިނުން ފެށުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ ޝަހީމް ބައިވެރިވެ...

30 May 2024 | 06:57

އެވިޑްކޮލެޖުން، ޔުނިވާރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް ކިޔަވައިދިނުން ފެށުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ ޝަހީމް ބައިވެރިވެވަޑައިގެންފިއެވެ.

ރޭ ބޭއްވުނު އެ ހަފްލާގައި ޑރ ޝަހީމް ވަނީ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ،  ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް އެވިޑްގައި ފެށިގެން ދިޔުމަކީ ރާއްޖޭގައި މަތީ ތައުލީމު ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެން ދާ ރަނުގެ ފުރުސަތެއް ކަމުގައެވެ.

މި ރަސްމިއްޔާތައް ޑރ ޝަހީމްއަށް މެހުމާނުގެ ގޮތުގައި ދައުވަތު ދެއްވިކަމަށްޓަކައި އެވިޑް ކޮލެޖަށް ޑރ ޝަހީމްވަނީ ޝުކުރު ދަންނަވާފައެވެ. އަދި އެވިޑް ކޮލެޖުން ތައުލީމީ ދާއިރާއަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ޑރ ޝަހީމް ވިދާޅުވީ، ރާއްޖޭގެ ތައުލީމަށް އެވިޑް ކޮލެޖުން ކުރައްވާ ޚިދުމަތް ފާހަގަ ކުރެވޭ ކަމަށާއި ފާހަގަ ކޮށްލެވޭ އެތައް ދަރިންނެއް މަސައްކަތުގެ މައިދާނަށް ދޫކުރައްވާފައި ވާކަމަށެވެ. އެފަދަ ކަންކަން ފާހަގަ ކުރައްވާ ޑރ ޝަހީމް ވަނީ އެވިޑް ކޮލެޖަށް ތައުރީފުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް